ޔަޤީނެވެ.
އަހަރެންނަކީ މީ ކާކުކަން ސިއްރެއްނުވާނޭކަން ޔަޤީން
ފަހަރެއްގަ އޮޅުމެއްއެރިޔަކަސް މީ ރައްޓެހީން ކަންވެސް ޔަޤީން
ފުރަތަމަ ދުށީ އިސްކޫލަކުން، ހިނިތުންވެފާ ހުއްޓާ ތިބާ
ފުރަތަމަ ތިބާ ފެނުމާއެކީ، މިހިތަށް އަސަރު ކުރިކަން ވަކީން
ފެނުނީ މަށަށް ތެދުވެރިކަމޭ މަޑުމޮޅިކަމާ އެކުވެރިކަމޭ
ފެނުނުމަށް މިސިފަތައް ތާއަބަދު ހިތްއެދި ގޮވާކަންވެސް ޔަޤީން
ފޯނުން ދިމާނުވިޔަސް ގިނައިން، ތިނަމެއް ހިތުން ފިލުމެއްނެތޭ
ފޯނެއްއަޔަސް މެސެޖެއްއަޔަސް ތި ހަނދާން މަށަށް އާވޭ ޔަޤީން
ބޭނުންވަނީ އުފަލާ އަރާމާ ހަމަޖެހުން ދިނުމަށް މެޔޭ
ބޭނުންވި ގޮތަކަށް އުޅެލުމަށް ހެޔޮ ޞިއްޙަތެއް ލިބުމޭ ޔަޤީން
އަދި ނޭނގުނަސް ތިޙަޔާތް މުޅީން، ރައްޓެހިކަމެއް އުނިވުން ނެތޭ
އަދު ބޭނުމީ އެކުވެރި ކަމޭ، އަދި ދަސް ވެދާނޭ ކަން ޔަޤީން
އަހަރެން ތިބާ އެދުވަހު ދުށީ މަޑުހިނގުމުގައި އަންނަނި ކޮށޭ
ފަހަރެއްގަ އަހަރެން ނުފެނުނަސް ފޯނުން ދިމާވީ ކަން ޔަޤީން
ހިތުގާމިވާ ވާހަކަބުނަން އަބަދާއަބަދު ބޭނުންވެޔޭ
ހިތުލީ ކަމަކު މިކަމެއް ހިލާ ދުލަކުން ނުބުނެވޭ ކަން ޔަޤީން
އެދެމޭ އުފާ ހިތްހަމަޖެހުން އަބަދަށް ތިބާޔަށް މިލްކުވުން
ވެދުމެއް މަށަށް ދެންޏާ ތިބާ ހިތުގައިވިގޮތް އެނގުމޭ ވަކީން
ތިޔަފަދަ އުފާވެރި މޫނަކާ، ނިޔަނެތި ތި އޯގާވެރިކަމުން
ތިޔަފަދަ ހިތެއް ލިބުމަށް އަދައި މިފުރާނަ ދޭނަންކަން ޔަޤީން
**********************
2 comments:
unfortunately, after reading this poem, i lost one of my nice friend. I have nothing much to say but I am really sorry! Hope S/he will forgive me.
I like this one ....
Post a Comment