Showing posts with label ގޮވެލިފަތި. Show all posts
Showing posts with label ގޮވެލިފަތި. Show all posts

Saturday, July 18, 2009

ބަލިޙާލުގައިވި ބައްފައެއްގެ ކެކުޅުން


ބަލިޙާލުގައިވި ބައްޕައެއްގެ ކެކުޅުން



ދެން އެހީތެރިވާނެ މީހަކު ނެތްމެޔޭ............................ ގެންދެވުން މިފުރާނަ ވަގުތުން އެދެވެޔޭ

ބޭނުމެއްނޫނޭ މިހެން އޮންނާކަށެއް............................. ވޭނުގައި ކަރުނުން ދެލޯ ފުރެމުން ދެޔޭ

ޅަފަތުގައި ތަޢްލީމުދީ ހެދުމުން މިއީ........................... އުފަލުގައި ބޮޑުކުރިދަރީން ހެދިގޮތްމެޔޭ

އަތްފައިން ޙަރަކާތްމަގޭ ކެންޑިދިޔަފަހުން..................... އަތްމަތީން އުފުލާނެ މީހަކު ނުވިމެޔޭ

ފެންނަހެން ދާއިރު ހިނގައިފައި ދޮރުމަތީން................... އެންމެނަށް ބަލި އެނދުމަގޭ ދައްކާނެޔޭ

ބޭރުމީހަކު އަޑުއަހައިގެން ވަދެލިޔަސް......................... އޭރުއަދި ރޯ އަޑު ދަރިޔަކަށް ނީވެޔޭ

ފެންފޮދެއްބޭނުންވެގެން ގޮވިޔަސް މަގޭ ...................... އެންމެކުޑަ ދަރިފުޅު މެނޫނީ ނާދެޔޭ

ކޮންމެ ހަފުތާއެއްގެވެސް ހޮނިހިރު ދުވަހު..................... ކޮންމެވެސް ކުއްޖަކު އައިސް ބަދެލާނެޔޭ

މަންމަޔަށް ދެފަހަރު ގޮވާލާފާ ހެމުން ........................ ވަންނަތަން ގޮސް ކޮޓަރިއަށް ފެނިފާވެޔޭ

ކާފަދަރިފުޅު ޙާލުޙާލުން މަޑުމަޑުން .......................... ކާފައޭ ބުންޏަސް ދުރަށް ޖައްސާނެޔޭ

ތާއަބަދު އެނދުގާ ބަލިވެ އޮންނަންވުމުން ................... މާ އަދަކު އަނތްބެއްގެ ރަޙްމެއް ނުހުރެޔޭ

ޖާނުގައި ވަރުހުރިދުވަހު ގާތަށް އައިސް....................... ވާނުވާބެލި އެކަކުވެސް އަދު ނާދެޔޭ

މުޅިމުދާ ދީގެން ބަލަން މީހަކު ގެނެސް ..................... އުޅެއެކަންވާނޭގޮތެއްވެސް ނުމެވިޔޭ

ދުޝްމިނުންނަށް އާޢިލާ އެކުގާވުމުން......................... ގޮސްއެމީހާ ދެންފަހުން ނުމެ އައިމެޔޭ

ޣަރުޣަރާގެ އަސަރު އައިސް ނޭވާހޮޅިން....................... ކަރުތެރަށް އެބަ މަރުގެރަހަ ފޭދޭ މެޔޭ

رَبـَّـنَـا يـا رَبـَّـنَـا فَـغْـفِرلَـنَـا ................................. ދެއްކެވުން ތެދުމަގު ދަރީންނަށް އެދެވެޔޭ



***********




= ޔޫސުފް އަލިފުޅު=

Friday, June 12, 2009

މީކިހިނެތްވާ ކަމެއްހެއްޔެވެ




މީކިހިނެތްވާ ކަމެއްހެއްޔެވެ.

---------------------------------------------------------------------------




ވަރަށް ޚާއްޞަ ވެއްޖެއެވެ.

ވަރަށްގާތްވެސް ވެވިއްޖެއެވެ.

މިހާރު އަހަރެންނަށް މި ކުރެވެނީ ހާދަހާ އާދަޔާޚިލާފު އުފާވެރި އިޙްސާސެކެވެ.

އެކަމަކު މިދެމެދުގައި ހާދަ ދުރުމިނެއް އެބަވެއެވެ.

ނަމަވެސް މި އިޙްސާސްކުރެވެނީ ގާތްކަމެވެ.

އަހަރެންގެ މި އެކަނިވެރިކަން ހިނިތުންވަމުން ނަށަމުން އެބަދެއެވެ.

މިއީ ކޮންކަހަލަ ޖާދޫއެއް ބާވައެވެ.

އަހަންނަށް މިވަނީ ކީއްބާވައެވެ.





ހަމަހިމޭންވެފައި ހުރި ބައެއް އިޙްސާސްތައް ހޭލައިފިއެވެ.

މިއީ ކޮން މޫސުމެއް ހެއްޔެވެ.

މިކުރެވެނީ ކޮން އިންތިޒާރެއްބާވައެވެ.

މި ހަމަހިމޭންކަމުގެ މާނައަކީ ކޮބައިހެއްޔެވެ.





އަހަރެންމިހުރީ ދުލުން ބުނާނެއެއްޗެއްވެސް ނޭނގިފައެވެ.

އެކަމުގައި ކަލާގެ އެއްވެސް ކުށެއްނެތެވެ.

އަހަރެންގެ ހިތަށް އެހިތް ކަހަލަ އެހެންހިތެއް ފެނުނީއެވެ.

ދެން އެހިތް އަހަރެންގެ ހިތް ބަލިކޮށްލައިފިއެވެ.

އެކަމަކު މިބަލިވުން ކާމިޔާބީއެއްގެ ގޮތުގައި މިބެލެވެނީ ކީއްވެބާއެވެ.

މި ހިތަކީ އެހެންޏާ ދުވަހަކުވެސް ބަލި ޤަބޫލުކުރި ހިތެއްނޫނެވެ.

މިހާވަރަށް ބޭޤަރާރު މިވީ ކީއްވެބާއެވެ.





މީ އަނެއްކާ ލޯބި ނޫންބާވައެވެ!

***********


Wednesday, June 10, 2009

ޙައިރާންވެއެވެ



ތިބާގެ މޮޔަކަމާމެދު އަހަރެން ޙައިރާންވެއެވެ
---------------------------------



ތިބާއަށްޓަކައި އަހަރެން އުފުލި ކެކުޅުންތަށް ހަނދާނެއްނުނެތޭނެއެވެ.

އެކަމަކު އަހަރެންނަށް މިހާރު ވަރިހަމައެވެ.

ފަހަރެއްގައި ތިބާގެ ހިތަށް އަރާފާނެއެވެ.

އަހަރެންނަށް ޙައްޤުވަނީ އެވަރަކަށްވެސްނޫނެވެ.

ހަޤީޤަތުގައި ތިބާ ބޭނުންވީ އަދި އިތުރަށްވެސް ވޭންތަކެއް އަހަންނަށްދޭށެވެ.

އެކަންނުވަނީސް އަހަރެން ތިބާގެ ވަކިތަކުން މިނިވަންވީކަހަލައެވެ.



އަހަރެން ކަލާއަށް ދިންވަރަށްވުރެ ވަކީންބޮޑު އެއްބާރުލުމެއް އަހަރެންނަކަށް ނުދެވޭނެއެވެ.

އެހެންވެ އެއަށްވުރެ އިތުރަށް ތިބާ އަހަރެންގެ ފަރާތުން އެދުނަސް އަހަންނަށް އެވަރު ކޮށްދެވޭކަށް އެއިރަކު ނެތެވެ.

އެވަރުން ތިބާއަށްޓަކައި ވީ ޤުރުބާނީގެއަގު ތިބާ އަހަރެންނަށްދިނީ އަހަރެންގެ ހިތާ، ހަށިގަނޑާ، ފުރަނަޔާ ދެކޮޅަށް ކުރުވި ހުވާތަކެއްގެ ސިފައިގައެވެ.



އަހަރެމެންވީ އެންމެ ފުރިހަމަ ލޯބިވެރީންނަށެވެ.

އެކަމަކު ތިބާ އަހަރެންނަށް ނުވާފެންވަރުން އަހަރެންގެ ފަރާތުން އެދުނީމުއެވެ.

އަހަރެމެންގެ ދެމެދުގައިވީ ލޯތްބަށް އެއްވެސް ފުރުޞަތެއް ދޭކަށް ތިބާ އެއްބަހެއް ނުވީމުއެވެ.

ތިބާ އަހަރެންނަށް ހެއުއެދުނުނަމަ އެ ލޯބި އަހަރެމެން ގެންގޮސްދޭނީ ކިހާހިސާބަކަށް ކަމާމެދަކު ދެން ވިސްނުމުގެ މާނައެއްނެތެވެ.



ފަހަރެއްގައި ކޮންމެވެސް ދުވަހަކުން ތިބާ އެކަމާ ހިތާމަކޮށް ކަރުނަ އޮއްސަން ޖެހިދާނެއެވެ.

ނޫނީ ފަހަރެއްގައި އެއީ ތިބާގެ ޙަޔާތުގައި ހެދުނު އެންމެ ރަނގަޅު ނިންމުން ކަމުގައިވެސް ވެދާނެއެވެ.

ފަހަރެއްގައި ކޮންމެވެސް ދުވަހަކުން އަހަރެން އުފަލުން ހިނިތުންވެލާފައި ދާތަން ތިބާއަށް ފެނިދާނެއެވެ.

އެހެންމީހަކު ނުލާހިކު އުފަލުން އަހަރެންގެ އަތުގައި ހިފާލައިގެން މަޑު ހިނގުމެއްގައި ދަނިކޮށެވެ.



ދެން އެހާހިސާބުން ތިބާގެ ޙަޔާތުން މަދުވެގެން އަބަދު އެކަމާ ޚިޔާލްކުރެވޭ ކަންތައްތައް ހަނދާންވެދާނެއެވެ.

އަހަރެންނަށް އެނގޭކަމަކީ، ކޮންމެވެސް ދުވަހަކުން ތިބާ އަހަރެން މިނިވަންކުރި ކަމަށްޓަކައި

ކޮންމެވެސް މީހަކު ތިބާއަށް ޝުކުރުއަދާކުރާނެކަމެވެ.

ތިބާގެ މޮޔަކަމާމެދު އަހަރެން ޙައިރާންވެއެވެ.




*******