މިއީ މުޅިޢުމުރުގައިވެސް....
މިއީ މުޅިޢުމުރުގައިވެސް ކަލާއަށް އަހަރެން ފެންނާނެ އެންމެ ފަހު ފަހަރެވެ. އެކަމަކު ކަލާއަށްވެސް އަދި އަހަންނަށްވެސް އެނގޭ ކަމަކީ، މިއީ އެހާބޮޑު ކަމެއްނޫންކަމެވެ. ފަރުވާލެއް ނެތެވެ. އަހަރެންވެސް އަހަރެންގެ އިޙްސާސްތަށް ފޮއްޓަކަށްލައި ބަންދުކޮށްފީމެވެ.
އަހަރެން ހިތައްއަރައެވެ. އަހަރެން އެހާބޮޑު ދޮގެއްހެދީ ކީއްވެގެން ހެއްޔެވެ؟ ފަހަރެއްގައި ކޮންމެވެސް ދުވަހަކުން ކަލާ އަހަރެންގެ އެ ދޮގު ޤަބޫލު ކުރަން ފަށާފާނެބާވައެވެ؟
އަހަރެންނަކީ ކެއްކުރަން ދަންނަ މީހެއްނޫނެވެ. އަހަރެން ހިތް ދަމައިގަންނަ ކަހަލަ އެއްޗެއް ފެނިއްޖިއްޔާ އެ އެއެއްޗެއް ހޯދައިގަންނާނެ އެތަކެއް ހާސްގޮތެއް އަހަރެން ވިސްނަމެވެ. އަހަރެން ޤަވާޢިދު ތަކަށް ޙުރުމަތްތެރިކޮށް ނުހިތަނީކީ ނޫނެވެ. އެކަމަކު އަހަރެން އެންމެންގެ ތެރޭގައި ނަން ހިނގާފައި އޮންނަނީ އަބަދުވެސް ޤާނޫނުތައް މުގުރާލާ މީހެއްގެ ގޮތުގައެވެ. ވާގޮތަކީ، މާބޮޑަށް އަހަރެން ކަމެއްބޭނުންވެއްޖެ ނަމަ އެހެންމީހުން ހަދާ ޤާނޫނުތައްބާއްވާފައި އަހަރެންގެ އަމިއްލަ ޤާނުނުތަކެއް ހެދޭގޮތްވަނީއެވެ.
އަހަރެން ފަހަކަށްއައިސް ބަނޑުހައިގެންފައި ހުރި ހަނދާނެއްނެތެވެ. އެކަމަކު ފަހަކަށްއައިސް ރައްޓެހީން އަހަރެންދެކެ ފާޑަކަށް ޖެހިލުންވާކަން ފާހަގަ ކުރެވެއެވެ. އަހަރެންގެ ލޮލުގައި އަޅައިގަނެފިއްޔާ ސަލާމަތްނުވެދާނޭ ކަމަށް އެމީހުންވެސް ހީކުރާ ކަހަލައެވެ.
މީއަކީ އެހާރީތި ވާހަކައެއްނޫނެވެ. އެކަމަކު ހަޤީޤަތެވެ. އަހަރެން މިކަންތައްތަކާ ގަދައަޅާ މަސައްކަތްކުރަން ބޭނުމެވެ. މޮޅެތިމީހުނަށްވުރެ ކުޅަދާނަވާން ބޭނުމެވެ. އަހަރެންނަކީވެސް ރައްޓެއްސެއްގެ ގޮތުގައި ބަލައިގަނެވޭފަދަ މީހެއްކަން ކަލާއަށް ޔަޤީންކޮށްދޭން ބޭނުމެވެ.
އަނގަމަޑުންލައިގެންހުންނަށް އަހަރެން އެބަ ދަސްކުރަމެވެ. ދުވަހެއް ދުވަހަކަށް މަޑުމައިތިރިވުމަށް އެބަ މަސައްކަތް ކުރަމެވެ. އަހަރެންގެ އެތެރޭގެ ޟަމީރު ކައިހުސްވިޔަސް ބަހެއްނުބުނެވޭތޯ ހިތްވަރު ކުރަމެވެ.
މަސައްކަތް އެބަ ކުރެވެއެވެ!
2 comments:
hmmm potato!
so romantic !!!.... (Dammmmn I was going to post this comment on ur FB wall... and some one already did!!!!)))))
@ Dhotha...
Thats ok Pudding Pie!!!
And you don't need to read these crazy stuffs.. but thanks for the comment anyways!
Post a Comment