Monday, June 1, 2009

ތިޔައީ މުޅި ދުނިޔެއެވެ


މި އެންމެ އިންސާނާއަށް ކަލާ ތިޔައީ މުޅި ދުނިޔެއެވެ




ފިރިހެންކުއްޖަކު ކަލާއާ ދިމާއަށް ބަލަހައްޓައިގެންހުރެ ކަލާ އޭނާދެކެ ލޯބިވާކަމަށް އިޙްސާސް ކުރެވި ކަލާދެކެ ލޯބިވާވަރު ހިތުގެތެރޭގައި ކެކިއަރަމުންދާއިރު، ކަލާ އެކުއްޖާދެކެ ލޯބި ވާކަމެއްވެސް އަދި ނުވާކަމެއްވެސް އެކުއްޖާއަށް ނޭނގޭ ނަމަ އަދި ކަލާގާތުގައި ކަލާދެކެ ލޯބިވާވަރު ބުނުން އެއީ ވަރަށް މުހިންމު ކަމެއްކަމަށް އެކުއްޖާއަށް ވިސްނިފައިވާނަމަ އެވާހަކަވެސް ބުނަންނުކެރިފައި ހުއްޓާ ކަލާ އަމިއްލައަށް އެފިރިހެންކުއްޖާއާއިމެދު ދެކޭގޮތް ހާމަކުރުމުގެ ކުރީން ކަލާ އެހެން މީހަކާދޭތެރޭގައި ލޯބީގެ ޚިޔާލެއް ގެންގުޅެފާނެކަމުގެ ބިރު ހީވާކަހަލަ ގޮތެއްވެއްގެނަމަ ދެން އެފިރިހެން ކުއްޖާގެ ހިތުގެތެރޭގައި އެކުރެވޭ ޚިޔާލްތަށް ބުނެދޭން އެނގިދާނެހެއްޔެވެ؟




އާނއެކެވެ. މިޙަޔާތުގެ ޙައިރާންކުރުވަނިވި ޙަޤީޤަތަކީ، މިޙަޔާތުގައި ފަހަރަކު ތަޖުރިބާ ކުރެވޭނީ ހަމައެކަނި އެންމެދުވަހެއްކަމެވެ. ދުނިޔެއަށް ކަލާތީ އެހެން އިންސާނުންފަދަ ހަމަ އެންމެ އިންސާނެކެވެ. އެކަމަކު މި އެންމެ އިންސާނާއަށް ކަލާ ތިޔައީ މުޅި ދުނިޔެއެވެ!




ބަލިޤަބޫލުކޮށް ކަމެއް މާޒީގެ ތެރެއަށް ދޫކޮށްލުމުން އަބަދު އޭގެމާނައަކީ، އަހަރެން ބަލިކަށީއަކީ ނޫނެވެ. އަހަރެން އެ މާނަކުރަނީ އެ ކަންތައްތައް ދޫކޮށްލާފައި ޙަޔާތާއިގެން ކުރިޔަށްދެވޭހައި ކުޅާދާނަކަން އަހަރެންގެ ކިބާގައި ހުރިކަމަށެވެ. އެވަރުގެ ކުޅަދާނަކަމެއްވެސް ނެތްމީހުން އަހަރެން މާގިނައިން ދެކެމެވެ.




އަހަރެންނަކީ، މީހުން ބިރުގެންނެވުމަށް މީހުންނާދިމާއަށް ހަޅޭލަވައި ފުރައްސާރަ ކުރާޒާތުގެ މީހެއްނޫނެވެ. އަހަރެން ބަދަލުހިފުމުގެ ރޭވުންތަށް ރޭވިޔަސް ރާވަނީ އެހެންމީހުނަށް ނޭނގޭގޮތަށް ސިއްރުންނެވެ.



އަހަރެން ފިސާރި ތެދެއް ބުނަންހެއްޔެވެ؟ ޙަޤީޤަތުގައިވެސް [އަހަރެން ކަލާދެކެ ލޯބިވެޔޭ] ބުނާ ބަހުގެ މާނައެއް އަހަރެންނަކަށް ނޭނގެއެވެ. އެކަމަކު އަހަރެންނަށް ހީވަނީ އޭގެ މާނައަކީ [އަހަރެން އެކަނިކޮށްފައި ދޫކޮށް ނުލާށޭ] ހެންނެވެ.




އަހަރެން ހުރީ ކަލާޔާ ވާހަކަދައްކަން ބޭނުންވެފައެވެ. އެކަންތައް ނިމުނު ގޮތުންނެވެ. އަހަރެންބޭނުންވީ ކަލާއަށްޓަކައި ރަނގަޅު މީހަކަށް ވާށެވެ. އަހަރެން ޙަޤީޤަތުގައިވެސް ފިނޑިވީއެވެ. އަހަރެންނަކީ ހަމަ ބޮޑު ގަމާރެކެވެ! މި ދެމެދުގައިވާ ހުރިހާ ގުޅުމެއް ވީރާނާކޮށްލީ އަހަރެންކަމަށް ޤަބޫލުކުރަމެވެ. އެކަމާމެދު އަހަރެން ހިތްދަތިވާތާ މިހާރު މަސްތަކެއް ވެއްޖެއެވެ.




އަހަރެން އިންތިޒާރުގައި ހުރީމެވެ. ކަލާގެ އަނގައިން މިބަސްތަކުގެ އުންމީދުގައެވެ. [ތިހާބޮޑަށް އަމިއްލަ ނަފްސް ދެރަކޮށްނުލާށެވެ! ކަންތައްތައް ގޯސްވީ ކަލާގެ ސަބަބުންނެވެ. އެއީ ކަލާއަކީވެސް ފުރިހަމަ އިންސާނަކަށް ނުވާތީއެވެ. އެކަންކަމުން ކަލާ ދަސްކުރީމުއެވެ. އެކަމަކު އަމިއްލަ ނަފްސަށް އެކަމަށްޓަކައި ތިވަރަށް އަދަބު ނުދޭށެވެ! އޯގާތެރިވާށެވެ. ކަލާއަށް ތި ހެދުނު ގޯސްތަކުގެ ސަބަބުން ކަލާ އިހުނަށްވުރެ ހާސްބައި ރަނގަޅުވާނެ ކަމުގެ ޔަޤީންކަން އަހަންނަށް އެބައޮތެވެ!] އެކަމަކު ކޮންއިރަކުން ބާއެވެ!





އަހަރެންގެ ޚިޔާލްތަކުގައިވެސް ނިއްވާލަން ބަޓަނެއް އިންނަނަމައޭ ބައެއްފަހަރު ހިތަށް އަރައެވެ! އަހަންނަށް ކަލާ ހަނދާންނައްތާލެވިދާނެ ހެއްޔެވެ؟ އަދި ކަލާ އަހަރެންނަށް ދޫކޮށްފައިދިޔަ ފޮނި ހަނދާންތައް އަހަރެން ހަނދާންނައްތާލާނީ ވަކީން ކިހިނެތްހެއްޔެވެ؟





ދުވަހުން ދުވަހަށް އެއްވެސް ކަމެއް ބަދަލުވަމުން ނާންނާތީ އަހަރެން ވަރަށް ހިނިއާދެއެވެ. އެކަމަކު ދުވަސްކޮޅެއްފަހުން މާޒީއަށް ނަޒަރު ހިނގާލާއިރު އަބަދުވެސް ފެންނަނީ ކަންތައްތަށް މުޅީން ބަދަލުވެފައިވާތަނެވެ. އަހަރެމެން އުފެއްދެވިފަރާތުން އަހަރެމެންނަށް ނުއުފުލޭފަދަ ބުރައެއް ނުޖައްސަވައެވެ. އެހެންވީއިރު ހާސްވުމުގެ މާނައެއް އޮތްކަމަކަށްވެސް އަހަރެން ޤަބޫލެއްނުކުރަމެވެ







2 comments:

dhon said...

Just dont wait!!! do it! go go masudh gooo!!! hahahah

Masudh said...

@Dhontha... Thanks but Potato!! i'm so afraid... Can't lose it twice!!
Thanks for the encouragement! I will need it always!