Tuesday, May 12, 2009

އެކަމަކު ހިތާމަ ކުރަމެވެ


އަންހެންކުއްޖެއްގެ އަޑުން.....

ހިތަށް ތަދުކޮށްލިނަމަވެސް މިއައްވުރެ ވަކީންބޮޑު ދެރައެއް އަހަންނަށް ދެވޭނެ ހެއްޔެވެ؟
އެހެންނޫނަސް އަހަރެން އޭނަޔަށްޓަކައި ވީ ޤުރުބާނީގެ ބައިކުޅަބައެއްގެ އަގުވެސް އަހަރެންނަށް ލިބިފައެއްނުވެއެވެ.
ބޭނުންވީ އަހަރެން އިންތިހާއަށް ދެރަކޮށްލާފައި އުފާވެރިކަމާއެކު ހަމަޖެހިލައިގެން ދިރިއުޅޭށެވެ.
އެކަމަކު އަހަރެންގެ ފަރާތުން އޯގާތެރިކަމާ ހަމްދަރުދީނޫން އެހެންއެއްޗެއް އޭނަޔަކަށް ނުފެންނާނެއެވެ.
އެ ހައިޖާނުތެރޭގައި އުޅުމަށްވުރެ މަރުވުންވެސް އަހަރެންނަށް މާ ރަނގަޅުވާނެއެވެ.
އެކަމަކު އަހަރެންދޫކޮށްލާފައިދިޔުމުން އަހަރެންނަށް މިހާބޮޑު ހިތްދަތިކަމެއްލިބުނުކަން އެނގިދާނެތީ އަހަރެން ބިރުގަނެއެވެ.



ކަންތައްތައް ނިމުނުއިރު އަހަރެންނަކަށް މާބޮޑު ދެރައެއް ނެތެވެ.
އެންމެފަހުން އެކަން އެގޮތަށް ދިޔައީތީ އަހަރެން މިހާރު އުފާކުރަމެވެ.
އެއީ ދުވަސްކޮޅެއްގެ ތެރޭގައި އެ ހަނދާންތަށް އަހަރެންގެ ހިތުން ފުހެވިގެންދާނެކަން އަހަރެންނަށް އެނގޭތީއެވެ.
އަހަރެން އޭނަޔާއެކު ކެއްކުރިނަމަ އެކަމާ މިއަދު އަހަރެން ދެރަވާނެއެވެ.



އަހަރެންގެ އެއްވެސް ކުށެއްވާނަމަ ބުނެބަލާށެވެ! އަހަރެންގެ ކުށަކީ ކޮބައިހެއްޔެވެ؟
ލޯބިވުމުން އަނެކާގެ މައްޗަށް އިތުބާރުކުރެވުމަކީ ހަމަ ޤުދުރަތީ ކަމެކެވެ.
އެކަމަކު މިހާރުދެން އެވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. އެއޮތީ އެކަން މާޟީގެ ތެރެއަށް ގޮސް ނިމިފައެވެ.



އޭނާވެސް މިހާރު އޭނާގެ ދިރިއުޅުން އުޅެމުން އެގެންދަނީއެވެ.
އޭނާގެ މާޟީގައި ވެދިޔަ ކަންތައްތަކުގެ އެއްވެސް ކަމެއް އޭނާ މިހާރު ހަނދާން ނެތްކަހަލައެވެ.
އަހަރެންވެސް އަހަރެންގެ ޙަޔާތް ނިންމާލާކަށް ނެތީމެވެ.ގ
އަދިވެސް ދުނިޔޭގައި ރަނގަޅު ބައިވަރުމީހުން އެބަތިއްބެވެ.


**********



5 comments:

Anonymous said...

I like this one .... very true.. we shudnt be hopeless..

dhon said...

this is really related to my life... do u mind me taking this one and post it in my Facebook?

Masudh said...

@Anony
Sure and I hope i'll know you one day! lol


@Dhon
You're most welcome.. btw, i'll be very pleased if you let me know your identity, thanks for the interest..

dhon said...

hehe ok masudh, ... I will let you know my identity ... I hope you will not expose it. I do not want many people to know that its me who posted the previous comment. Thats why i didnt write my name but dhon...

Masudh said...

I Love you Dhon...